07 May 2010, 09:58
14:30
ސިފައިންގެ އަހަރީ ދުވަހާއި ގުޅުވައިގެން އާއިލީ ހަވީރެއް މިއަދު މާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ވިދާޅުވީ މާލޭގައި މިއަދު ބާއްވާ މި އާއިލީ ހަވީރަކީ ސިފައިންގެ 118 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ހަރާކާތެއް ކަމަށާއި މި އާއިލީ ހަވީރު މިއަދާ މާދަމާ ވެސް ކުރިއަށްދާނެ ކަމަށެވެ.
އާއިލީ ހަވީރު ކުރިއަށްދާނީ ދެ ބަޔަކަށް ބަލާލައިގެން ކަމަށާއި އެގޮތުން އާއިލީ ހަވީރުގެ ބޮޑު ބައެއް ކުރިއަށްދާނީ ކުޑަކުދިންގެ ބަގީޗާގައި ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
ސިފައިންގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އާއިލީ ހަވީރުގައި ތަފާތު ކުޅިވަރު ހަރަކާތްތަކާ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި އާއިލީ ހަވީރުގެ ދެވަނަ ބައެއްގެ ގޮތުގައި ޖުމްހޫރީ މައިދާނުގެ ސަރަހައްދުން ބޭރު މޫދުގެ ސަރަހައްދުގައި ހަރާކާތްތެރިވާ ކޯސްޓްގާޑް ޗޯންޗްތަކަށް އަރާ ފޮޓޯ ނަގާލައި، ދުއްވާލުމުގެ ފުރުސަތު ކުޑަކުދިންނަށް ހޯދައިދިނުމުގެ ގޮތުން ކުރިއަށްދާ ހަރާކާތްތަކެއް އޮންނާނެ ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.