23 Oct 2016, 12:29
އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަނިކޮށް ބިއްލޫރި ޕެލެޓެއް ވެއްޓުނު މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު "ސަން"އަށް މިއަދު ވިދާޅުވީ ރޭ އެމްޕީއެލް ސަރަހައްދުގައި ހިނގި އެ ހާދިސާގައި، ބިއްލޫރި ޕެލެޓު ވެއްޓުނު 34 އަހަރުގެ މީހާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.
"މޭ މަތީގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލިބިފައި ވަނީ. އެހެންނަމަވެސް އޭނާގެ ހާލު ހަމަ ސްޓޭބަލް. މިހާރު އޮތީ އެޑުމިޓުކޮށްފައި." މައުސޫމް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ރޭ 8:12 އެހާކަށްހާއިރު ކަމަށެވެ.