ބެލުންތެރިންގެ ފަރާތުން ލިބޭ ލޯބި ކުޑަވެ، ލިބިފައިވާ މަޝްހޫރުކަން ގެއްލިދާނެތީ ބިރުގަންނަ ކަމަށް ބޮލީވުޑްގެ ބަތަލު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.

ފިލްމު 'ޝިވާއޭ'ގެ ޕްރޮމޯޝަންގެ މަސައްކަތުގައި ބުރަކޮށް އުޅެމުން އަންނަ އަޖޭ ބުނެފައި ވަނީ ބައެއްގެ ފަރާތުން ހިތްވަރާއި ލޯބި ލިބި ލިބި ހުރުމަށް ފަހު ކުއްލިއަކަށް އެ ލޯބި ގެއްލިއްޖެ ނަމަ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަޖޭ އަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް އެގޮތް ބަދަލުކޮށް، ގިނައިން ވާހަކަ ދައްކައި މީހުންނާ ވީހާވެސް ގުޅިގެން އުޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަޖޭ ބުންޏެވެ.

އަޖޭ ބުނީ ގިނަ ފަހަރަށް ފިލްމެއް ކާމިޔާބު ވުމުގެ ފަހަތުގައި ވެސް ބެލުންތެރިންގެ ލޯބި ހިމެނޭ ކަމަށެވެ.

'ޝިވާއޭ' ސްކްރީންތަކަށް އަންނާނީ ދިވާލީ އާ ދިމާކޮށް މި މަހުގެ 28 ވަނަ ދުވަހު އެވެ.