23 Oct 2016, 09:41
ޕޯޓް-އައު-ޕްރިންސް (އޮކްޓޯބަރު 23): ހެއިޓީގެ ވެރިރަށް ޕޯޓް-އައު-ޕްރިންސުގެ އުތުރުން 45 ކިލޯމީޓަރު ދުރުގައި ހުންނަ ޖަލަކުން 170އަށް ވުރެ ގިނަ ގައިދީން ފިލައިފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ޖަލުގެ ގައިދީން ފިލާފައި ވަނީ ފަސް ރައިފަލް ވަގަށް ނަގައި، ގާޑުންނަށް ހަމަލާ ދިނުމަށްފަހުގަ އެވެ. އެހަމަލާތަކުގައި ގާޑަކާއި ގައިދީއަކު މަރުވި ކަމަށް ޖަސްޓިސް މިނިސްޓަރު ކަމިލް އެޑުއާޑް ޖޫނިއާ ވިދާޅުވި އެވެ.
"އެހާދިސާގައި ގާޑަކު ވަނީ މަރުވެ، ތިން ގައިދީންނަށް އަނިޔާވި. އޭގެ ތެރެއިން އެކަކު ވަނީ ލިބުނު އަނިޔާގެ ސަބަބުން މަރުވެފައި،" އެޑުއާޑް ޖޫނިއާ ވިދާޅުވި އެވެ.
އަރުކަހާއީ ޖަލުން ފިލި މީހުން ހޯދުމަށްޓަކައި ޖަލު ކައިރީގައި ޗެކްޕޮއިންޓުތައް ހަދާފައިވާ އިރު، ފިލި މީހުންގެ ތެރެއިން 11 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެޖަލަކީ ގައިދީންނަށް ވަކިން ޔުނިފޯމެއް ހަމަޖައްސާފައި ނުވާ ޖަލެއް ކަމުން، އެތަނުން ފިލި މީހުންނާއި އާއްމުންނާއި ތަފާތު ކުރަން ފަސޭހަ ނުވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ،
ހެއިޓީގެ ޖަލުތަކުގައި ތިބެން ޖެހޭ ވަރަށް ވުރެ މާގިނައިން ގައިދީން ތިބުމަކީ އާއްމުކަމެކެވެ. (ބީބީސީ)