22 Oct 2016, 21:36
އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީއެއްގެ ގަޔަށް ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިރޭ 8:12 އެހާކަށްހާއިރު އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަމުންދާ މަޖޫރީއެއްގެ ގަޔަށް ބިއްލޫރު ޕެލެޓެއް ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާތަކުގެ ޔަފްސީލެއް ނޭނގޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެމްޕީއެލް ސަރަހައްދުގައި މަސައްކަތްކުރާ މަޖޫރީއެއްގެ ގަޔަށް ބިއްލޫރި ޕެލެޓެއް ވެއްޓި އަނިޔާވުމުގެ ސަބަބުން އެމެޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވީ 34 އަހަރުގެ އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ނުލިބޭ ކަމަށެވެ.