އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ މެޗުތަށް މިމަހުގެ 28ގައި ތ. ތިމަރަފުށްޓާއި ދ. ކުޑަހުވަދޫގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފައިނަލް ބުރުގެ ގުރުއަތުލުން ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބާއްވައިފިއެވެ.

ޖުމުލަ 75 ޓީމު ވާދަކުރި މި މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހޯދައި ފައިނަލް ބުރުން ޖާގަ ހޯދާފައި ވަނީ، އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި، ހދ. ހަނިމާދޫ، ނ. ލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި ގއ. ދެއްވަދޫއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް 1ގެ މެޗުތައް، ދ. ކުޑަހުވަދޫގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ ގްރޫޕުގައި ހިމެނެނީ، ކުޑަހުވަދުއާއި، މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި އދ. މަހިބަދޫގެ އިތުރުން ގއ. ދެއްވަދޫއެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގުރުއަތުލުން -- ފޮޓޯ: އެފްއޭއެމް

ގްރޫޕް2 ގެ މެޗުތައް ތ. ތިމަރަފުށީގައި ކުޅުމަށް ހަމަޖެހިފައި ވާއިރު އެ ގްރޫޕްގައި ތިމަރަފުށީގެ އިތުރުން ހިމެނެނީ، ބ. އޭދަފުށި، ނ. ލަންދޫ، އަދި ހދ. ހަނިމާދޫއެވެ.

ފައިނަލް ބުރުގެ މެޗުތައް މިމަހުގެ 28 ވަނަ ދުވަހު ފަށާއިރު، ގްރޫޕް 1ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ކުޑަހުވަދުއާއި މަހިބަދޫއެވެ. ހަމަ އެދުވަހު، ގްރޫޕް 2ގެ ފުރަތަމަ މެޗުގައި ވާދަކުރާނީ، ތިމަރަފުއްޓާއި ލަންދޫއެވެ.

ގްރޫޕް-1:

  • 28-10-2016: ކުޑަހުވަދޫ - މަހިބަދޫ
  • 29-10-2016: ފޭދޫ - ދެއްވަދޫ
  • 31-10-2016: ކުޑަހުވަދޫ - ދެއްވަދޫ
  • 01-11-2016: ފޭދޫ - މަހިބަދޫ
  • 03-11-2016: މަހިބަދޫ - ދެއްވަދޫ
  • 04-11-2016: ކުޑަހުވަދޫ - ފޭދޫ

ގްރޫޕް-2:

  • 28-10-2016: ތިމަރަފުށި - ލަންދޫ
  • 29-10-2016: އޭދަފުށި - ހަނިމާދޫ
  • 31-10-2016: ތިމަރަފުށި - ހަނިމާދޫ
  • 01-11-2016: އޭދަފުށި - ލަންދޫ
  • 03-11-2016: ލަންދޫ - ހަނިމާދޫ
  • 04-11-2016: ތިމަރަފުށި - އޭދަފުށި

މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ސެމީގެ ފުރަތަމަ މެޗު، ކުޑަހުވަދޫގައި ނޮވެމްބަރު 7 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް 1ގެ އެއްވަނަ ޓީމާއި ގްރޫޕް 2ގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗު، ނޮވެމްބަރު 8 ވަނަ ދުވަހު ތިމަރަފުށީގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް 2ގެ އެއްވަނަ ޓީމާއި ގްރޫޕް 1ގެ ދެވަނަ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 21:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އެފްއޭއެމުން ބުނީ "ކޮންމެ ޓީމެއްވެސް މެޗު ކުޅޭން ކަނޑައެޅިފައިވާ ރަށަކަށް އަންނަން ވަނީ، އެ ޓީމެއްގެ ދެ ދިދަ ހިފައިގެން" ކަމަށެވެ.