22 Oct 2016, 12:20
ރާއްޖެއައި ބޮލީވިއާ އަންހެނެއްގެ އަތުން 2.153 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އިން އަތުލައިގެންފި އެވެ.
އެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ބްރެޒިލުން ރާއްޖެއައި އެ މީހާގެ އަމަލުތައް ހުރި ގޮތުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ފޮށިތަންމަތިންނެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނާ ގޮތުގައި އެތަކެއްޗަކީ ސީދާ ރާއްޖެއަށް އެތެރެކުރުމުގެ ބަދަލުގައި އެހެން ގައުމަކަށް އެތެރެކުރަން މަސައްކަތް ކުރަމުން ދިޔަ ތަކެތި ކަމަށާއި، ރާއްޖެ ބޭނުންކޮށްފައިވަނީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ކަމަށެވެ.
އެމީހާއާއި، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ކަސްޓަމްސް އިން ބުނެއެވެ.