ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ، އިންޑިއާގެ ކޮސްމެޓިކް ބްރޭންޑް"ޝެހްނާޒް ހުސައިން"ގެރީޓެއިލް ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.

އިންޑިއާގެ ޝެހެނާޒް ހާބަލްސް އިންކޯޕަރޭޓެޑްއިން އުފައްދާ ޝެހެނާޒް ހުސައިން ބްރޭންޑުގެ ކޮސްމެޓިކްސްގެ، ރާއްޖެއާއި ސްރީލަންކާގެ ސޯލް ޑިސްޓްރިބިއުޓަރު އަދި ފްރެންޗައިޒް އޮތޯރިޓީއަކީ ދިވެހި ކުންފުންޏެކެވެ.

ޝެހްނާޒް ހުސައިންގެ ޝޯރޫމް "ޝެހްނާޒް ހާބަލްސް" މާލޭގައި، ޚާއްސަ ހަރަކާތަކާ އެކު ރޭ ވަނީ ހުޅުވާފައެވެ. އެ ޝޯރޫމް ހުޅުވައިދެއްވީ، ޒުވާނުން ބާރުވެރިކުރުވުމަށް ރާއްޖެއާއި ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރާ "ރަފީ" ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާއެވެ. ރަފިއްޔާއަކީ ޝެހްނާޒް ހުސައިން ބްރޭންޑުގެ ޕްރޮޑަކްޓްސް ބޭނުންކުރައްވާ ބޭފުޅެކެވެ.

21 އޮކްޓޯބަރ 2016: ޝަހްނާޒް ހާބަލްސްގެ ޝޯރޫމެއް މާލޭގައި ހުޅުވުންމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝެހްނާޒް ހާބަލްސް ޝޯރޫމް ހުންނާނީ ގަލޮޅު، ލޮނުޒިޔާރަތް މަގުގައެވެ. ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު މެންދުރު 2:00 އިން 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10 އަށެވެ.

ޝެހްނާޒް ހާބަލްސް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު ވަދީފް ހަސަން ސައީދު ވިދާޅުވީ، ޝެހްނާޒް ހުސައިން ބްރޭންޑުގެ ޕްރޮޑަކްޓްސްއަކީ ދިވެހީންނާއި، މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ރައްޔިތުންގެ ހަންގަނޑަށް ޚާއްސަ ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ޝަހްނާޒް ހާބަލްސްގެ ބައެއް ޕްރޮޑަކްޓްތައް ދިވެހީންގެ މެދުގައި ސާމްޕަލް ކޮށްފިން ހުރިހާ ނަތީޖާއެއްވެސް ވަރަށް ފުރިހަމަ. އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް މި ޕްރޮޑަކްޓްތައް ރައްޔިތުންނަށް ކަމުދާނެ ކަމަށް. އެހާ ޔަގީންކަން އޮތީމަ އަޅުގަނޑުމެން "މަނީ ބެކް ގެރެންޓީ"ގެ ނިޒާމެއް ވެސް ގާއިމުކުރާނަން، ކަސްޓަމަރަކު ޕްރޮޑަކްޓަކާ ހިތްހަމަނުޖެހިއްޖެ ނަމަ،" ވަދީފް ވިދާޅުވިއެވެ.

21 އޮކްޓޯބަރ 2016: ޝަހްނާޒް ހާބަލްސްގެ ޝޯރޫމެއް މާލޭގައި ހުޅުވުންމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

21 އޮކްޓޯބަރ 2016: ޝަހްނާޒް ހާބަލްސްގެ ޝޯރޫމެއް މާލޭގައި ހުޅުވުންމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝެހްނާޒް ހާބަލްސްގެ ތިން ކެޓެގަރީއެއް ރާއްޖޭގެ ޝޯރޫމްގައި ލިބޭނެއެވެ. އެއީ ހެއާކެއާ، ފޭޝަލް އެންޑް ބޮޑީ ސްކިން ކެއާގެ އިތުރުން ކޮސްމެޓިކްސްއެވެ. މި ތިން ކެޓަގަރީއިން ހަތަރު ރޭންޖެއްގެ 100 އަށް ވުރެ ގިނަ ޕްރޮޑަކްޓްސް އެތަނުން ލިބޭނެއެވެ.

ޝެހްނާޒް ހުސައިންގެ ކޮސްމެޓިކްސްއަކީ އެއްވެސް ކެމިކަލެއް އެކު ނުލެވޭ، އަދި ސަތޭކަ ޕަސަންޓު ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ޕްރޮޑަކްޓް ތަކެކެވެ. އޭގެ ތެރޭގައި ފަތްޕިލާވެލި، މާމެލާމެލި، މޭވާ އެކްސްޓްރެކްޓް، އެސެންޝަލް އޮއިލް އަދި އެހެނިހެން ގުދުރަތީ ތަކެތި ހިމެނެއެވެ. އަދި މި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ 100 ޕަސަންޓު ހަލާލް ޕްރޮޑަކްޓްތަކެކެވެ.

21 އޮކްޓޯބަރ 2016: ޝަހްނާޒް ހާބަލްސްގެ ޝޯރޫމެއް މާލޭގައި ހުޅުވުންމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝެހްނާޒް ހުސައިން ކުންފުނިން ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި، ޝެހްނާޒް ހުސައިން ފްރެންޗައިޒްގެ ދަށުން 400 އަށް ވުރެ ގިނަ އައުޓްލެޓް ހިންގަމުން ދެއެވެ. އޭގެ ތެރޭގައި ފްރެންޗައިޒް ފިހާރަތައް، ސެލޮންތައް، އަޔުރްވެދިކް ސްޕާތައް އަދި ބިއުޓީ އިންސްޓިޓިއުޓުތައް ހިމެނެއެވެ.

ޝެހްނާޒް ހުސައިން ބްރޭންޑަށް ވަނީ އަޔުރްވެދިކް ބިއުޓީ ކެއާގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފައެވެ.