07 May 2010, 09:56
14:30
ނައިޖީރިއާގެ ރައީސް އުމަރު ޔާރްއަޑުވާ އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ވަގުތީ ސަރުކާރުގެ ރައީސް ކަމުގެ ހުވާ ނައިބު ރައީސް ގުޑްލަކް ޖޮނަތަން ކުރައްވައިފި އެވެ.
ވެރިރަށް އަބޫޖާގައި ރައީސް ކަމުގެ ހުވާ ޖޮނަތަން ކުރައްވާފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ނައިޖީރިއާގެ ރައީސް އުމަރު ޔާރް އަޑުއާ އަވަހާރަވެވަޑައިގެންފައިވާކަން ރަސްމީކޮށް، އިޢުލާންކުރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. އަދި އަންނަ އަހަރުގެ އެޤައުމުގައި ބާއްވާ ރިޔާސީ އިންތިހާބާ ޖެހުމާ ހަމައަށް ދެން އެޤައުމުގެ ރައީސް ކަމުގައި ހުންނަވާނީ ރައީސް ކަމުގެ ހުވާ ކުރެއްވި ރައީސް ޖޮނަތަން ކަމަށް ޚަބަރުތައް ބުނެ އެވެ.
ރައީސް ކަމުގެ މަގާމާ ޖޮނަތަން ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރައީސް ޔާރްއަޑުވާ އާލާސްކަންފުޅެއްގައި މިއަހަރުގެ ފެބްފުއަރީގައި ސައުދީ އަރަބިއްޔާއަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ވަގުތީ ގޮތުން އެޤައުމުގެ ހިންގެވުމާ ވަނީ ހަވާލުވެވަޑައިގެންފަ އެވެ.