މަކުނުދޫ ރިސޯޓް ކައިރިން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލުނު ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑިއެފުން ބުނީ އެ ދެ ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ވެސް ކުރަމުން އަންނަ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނީ ދެމަފިރިންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އެ ދެ މީހުން ގެއްލުނުކަން އެމްއެންޑީއެފަށް އަންގާފައި ވަނީ އިއްޔެ އެވެ.