އަންނަ އަހަރުގެ ޖެނުއަރީ މަހު ރިލީޒް ކުރަން ނިންމާފައިވާ، ވިދްޔާ ބާލަންގެ ފިލްމު 'ބޭގަމް ޖާން' ރިލީޒް ކުރާ ތާރީޚު ފަސްކޮށްފި އެވެ.

ޖެނުއަރީގައި ރިލީޒް ކުރަން ހަމަޖައްސާފައި އޮތް ފިލްމު ދެން ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ފިލްމު ރިލީޒް ކުރުން ފަސްކުރީ ޖެނުއަރީއަކީ ފިލްމުތަކަށް ރަނގަޅު އާމްދަނީ އެއް ނުލިބޭ މަހެއްގެ ގޮތުގައި ފާހަގަ ވެފައިވާތީ ކަމަށް ޚަބަރުތައް ބުނެ އެވެ.

'ބޭގަމް ޖާން' އަކީ ސްރިޖިތު މުކަރްޖީގެ ބެންގާލީ ފިލްމު 'ރަޖްކާހިނީ' އަސްލަކަށް ބަލައިގެން އުފަައްދާފައިވާ ފިލްމެކެވެ.

އަންނަ މާޗު މަހު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވާއިރު، ވަރުން ދަވާން އަދި އާލިއާ ބަޓްގެ 'ބަދްރިނާތު ކީ ދުލްހަނިޔާ' ވެސް ރިލީޒް ކުރާނީ އެ މަހު އެވެ.