19 Oct 2016, 23:03
ރާއްޖޭގައި ހަރަކާތްތެރިވާ ކޮންސްޓްރަކްޝަން ކުންފުނި ރެނާޓަސްއިން ހުޅުމާލޭގައި އަޅާ 72 ލަގްޒަރީ އެޕާޓްމެންޓު ހިމެނޭ އިމާރާތުގެ މަޝްރޫއު މިރޭ އިފްތިތާހު ކޮށްފިއެވެ.
ރެނާޓަސްއަކީ ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީއެކެވެ. ރެނާޓަސްއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ހިންގާ އިމާރާތާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތްތައް ފާހަގަ ކުރެވެއެވެ.
ރެނާޓަސްއިން ހުޅުމާލޭގައި އަޅާ އެޕާޓްމެންޓު ކޮމްޕްލެކްސްއަށް ކިޔަނީ "ރެނާޓަސް އިތާ މުތް" އެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ރެނާޓަސްއިން ހުޅުމާލޭގައި އަޅާ "އިތާ މުތް" އެޕާޓްމެންޓު މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރެނާޓަސް އިތާ މުތް އެޕާޓްމެންޓްގައި، ޖުމްލަ 72 ފްލެޓު ހުންނާނެއެވެ. އެއީ:
އެއް ކޮޓަރީގެ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.25 މިލިޔަން ރުފިޔާ)
- ދެ ކޮޓަރީގެ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.8 މިލިޔަން ރުފިޔާ)
- ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 12 އެޕާޓްމެންޓު (ފެށޭ އަގު: 1.8 މިލިޔަން ރުފިޔާ)
- ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 32 އެޕާޓްމެންޓު (ފެށޭ އަގު: 2.6 މިލިޔަން ރުފިޔާ)
- ތިން ކޮޓަރި ހުންނަ، ހަތަރު ޕެންޓްހައުސް އެޕާޓްމެންޓު
އަށް ބުރީގެ އިމާރާތެއްގައި ހަދާ ފްލެޓުތަކަކީ ޖާގަ ތަނަވަސް ފްލެޓުތަކަކަށް ވާނެ ކަމަށް ރެނާޓަސްއިން ބުނާ އިރު، އިމާރާތުގެ ކޮރިޑޯތައް ފަރުމާ ކޮށްފައިވަނީ ގުދުރަތީ އައްޔާއި ވައި ދައުރު ކުރާނެ ފަދަ ގޮތަކަށެވެ.
މީގެ އިތުރުން މި އިމާރާތުގައި ޖިމަކާއި، ސިނަމާ ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކާރާއި ސައިކަލު ޕާކު ކުރަން ޚާއްސަ ޕާކިންގް ސްޕޭސްތައް ހުންނާނެއެވެ. އަދި މި އިމާރާތުގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯގައި ހުންނާނީ ހައި އެންޑް ޝޮޕިންގް ފެސިލިޓީތަކެކެވެ.
"ރެނާޓަސް އިތާ މުތް" ލަގްޒަރީ އެޕާޓްމެންޓު ކޮމްޕްލެކްސް ގާއިމުކުރެވޭނީ ހުޅުމާލޭ ފެރީޓާމިނަލުން ފެށިގެން ދެ މިނެޓު ތެރޭގައި ހިނގާފައި ދެވޭ ހިސާބުގައި، ހުޅުމާލޭގެ ވޯޓާފްރަންޓުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެނާޓަސް ޕްރޮޖެކްޓްސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު އާރުޕީ ސެލްވަސުންދަރަމް ވިދާޅުވީ، ރެނާޓަސް އިތާ މުތް މަޝްރޫއަކީ ރެނާޓަސްއިން ރާއްޖޭގައި ހިންގާ ބޮޑު މަޝްރޫޢުތަކުގެ ފެށުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
(ކ-ވ) ރެނާޓަސްގެ ޗެއާމަން އާރުޕީ ސެލްވަސުންދަރަމް، ރާއްޖޭގައި ހުންނަވާ އިންޑިއާ އެމްބެސެޑަރ އަކިލޭޝް މިޝްރާ، ރާއްޖޭގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭގެ ސީއީއޯ ޝަންކަރު ނާރަޔަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރެނާޓަސްގެ "އިތާ މުތް" ލަގްޒަރީ އެޕާޓްމެންޓުތަކަށް ބުކިންގް ހެއްދުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ރެނާޓަސް ޕްރޮޖެކްޓްސް ކުންފުނިން ބުނެއެވެ. ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓުތަކާ ބެހޭ އިތުރު މައުލޫމާތު،ރެނާޓަސްގެ ވެބްސައިޓުންލިބެން ހުންނާނެއެވެ.
ހުޅުމާލޭގައި ފްލެޓު އެޅުމަށް މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ހުޅުމާލޭގައި އެޕާޓްމެންޓު އެޅުމަށް ގިނަ ފަރާތްތަކަކާ އެޗްޑީސީން ވަނީ ހަވާލުކޮށްފައެވެ. އަދި ގިނަ ކުންފުނިތަކުން ވަނީ އެކުންފުނިތަކުގެ މަޝްރޫއު އިފްތިތާހުކޮށް، އިމާރާތްތަކުގެ މަސައްކަތް ވެސް ފަށައިފައެވެ.
ހުޅުމާލޭގައި އަޅާ ބައެއް އެޕާޓްމެންޓުތަކުގެ ތެރޭގައި ދަމާސްގެ ""، ރެއިންބޯ ކޮންސްޓްރަކްޝަންގެ "ް"، ސީލައިފް ގްލޯބަލްގެ ""، އަމީން ކޮންސްޓްރަކްޝަންގެ ""، ބެޗު ކޮންސްޓްރަކްޝަންގެ ""، އަދި އެޕޯލޯ ހޯލްޑިންގްސްއިން އަޅާ "ް" ހިމެނެއެވެ.