މިހާރު ކުރިޔަށްދާ އިންޓާ ރިސޯޓް ޒޯން ޗެމްޕިއަންޝިޕްގެ ފައިނަލަށް ސަން އައިލެންޑް ރިސޯޓާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިނގައްޖެ އެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ކޮންރެޑް ހޯދާފައި ވަނީ ސަން އައިލެންޑް އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ސަން އައިލެންޑް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ އެންމެ ފަހުން މިޒޯނުގައި ކުޅުނު މެޗުގައި ޑީވާ މޯލްޑިވްސް ބަލިކޮށްފަ އެވެ. ނަމަވެސް މިމެޗު ސަން އަށް ހޯދުނީ ފަސް ސެޓުގެ ދިގު މެޗަކަށް ފަހު އެވެ.

ސަން އައިލެންޑާއި ކޮންރެޑް ބައްދަލުކުރާ ޒޯން ހަތަރެއްގެ ފައިނަލު މެޗުގެ ކުޅުން އޮންނާނީ މާދަމާ ހަވީރު އެވެ.
ކޮންރެޑާއި ސަން އައިލެންޑުގެ އިތުރުން މިޒޯނުގައި ދެން ވާދަކޮށްފައި ވަނީ ޑީވާ މޯލްޑިވްސް، މާފުށިވަރު ރިސޯޓު، ވަކަރުފަޅި އައިލެންޑް ރިސޯޓެވެ. މިމުބާރާތުގައި މިހާތަނަށް ޗެމްޕިއަންކަން ކަށަވަރު ކޮށްފައި ވަނީ އެންމެ ޓީމެކެވެ. އެއީ ޒޯން ދޭކުން ތާޖު އެކްސްކޯޓިކާ ރިސޯޓް އެންޑް ސްޕާ އެވެ. ތާޖު ޗެމްޕިއަންކަން ހޯދާފައި ވަނީ ފިހާޅޮހި ރިސޯޓު ބަލިކޮށެވެ. މިޒޯނުގައި ބައިވެރި ވެފައި ވަނީ ވެސް މި ދެ ޓީމު އެކަންޏެވެ.