09 Jun 2011, 12:33
މިހާރު ކުރިޔަށްދާ ގައުމީ ބާސްކެޓް މުބާރާތުގައި އެންމެ ފަހުން ކުޅުނު ދެމެޗު ބީޖީ ސްޕޯޓްސް ކުލަބާއި ހަރިކޭން ބާސްކެޓް ކުލަބް ކާމިޔާބުކޮށްފި އެވެ.
ބީޖީ މޮޅުވީ ކުލަބް އެޗްޑީސީ އަތުންނެވެ. މިމެޗު ބީޖީ ކާމިޔާބުކޮށްފައި ވަނީ 72 ޕޮއިންޓް 63 ޕޮއިންޓުންނެވެ. މިމެޗުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ބީޖީއަށް 45 ޕޮއިންޓް ހޯދައިދިން ބިދޭސީ ކުޅުންތެރިޔާ ދުކޭ ރާޖަޕަކްސާއެވެ.
ހަރިކޭން މޮޅުވީ އެމްއެސް ހެލްޕިން ހޭންޑް އަތުންނެވެ. ނަމަވެސް މިމެޗު ހަރިކޭންއަށް އަތުވީ ވަރަށް ކުޑަ ތަފާތަކުންނެވެ. މިމެޗުގެ ނަތީޖާ ހަރިކޭން ކޮޅަށް ބުރަވީ އެންމެ ހަޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 46 ޕޮއިންޓް 41 ޕޮއިންޓުންނެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ހަރިކޭންގެ މުހަންމަދު އިމްތިނާންއެވެ. އޭނާ ވަނީ 17 ޕޮއިންޓް ހޯދައިފަ އެވެ.