އަންނަ ނޮވެންބަރު 14 ން 20 ށް ޖަޕާނުގެ ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އޭޝިއަން ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްސީލްކުރުމަށް އާމިނަތު ސަޖަން އާއި ޙަސަން އަޝްރަފް ހޮވިއްޖެއެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، 10 ވަނަ އޭޝިއަން ސްވިމިން ޗެމްޕިއަންޝިޕަށް އަޝްރަފާއި ސަޖަން ހޮވުނީ، އެކަމަށް ހާއްސަކޮށް ބޭއްވި ޓްރަޔަލްގައި ވާދަކުރި ފެތުންތެރީންގެ ތެރޭން އެންމެ ރަނގަޅު ނަތީޖާ ހޯދި ފެތުންތެރީންގެ ގޮތުގައި ކަމަށެވެ.

ސަޖަން ވަނީ، މިއަހަރުގެ އޯގަސްޓް މަހު، ބްރެޒިލްގެ ރިއޯގައި ބޭއްވި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓްގައި ވާދަކޮށް އާކޮށްފައެވެ. އޭނާ އެ ރެކޯޑް އާކޮށްފައިވަނީ 01:05.71 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

އަޝްރަފަކީ މި އަހަރު ކުރީކޮޅު އިންޑިއާގެ ގްވަހަތީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ހަތަރު ގުނަ 100 މީޓަރު އިންޑިވިޖުއަލް މިޑްލޭ ރިލޭ އިވެންޓްގެ ގައުމީ ރެކޯރޑް އާކުރި ޓީމުގައި ހިމެނޭ ފެތުންތެރިއެކެވެ.

އޭޝިއަން ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި މިފަހަރު ޚަރަކާތްތެރިވާނީ ދިވެހިރާއްޖޭގެ ގައުމީ ފެތުމުގެ ސްކޮޑްތަކުގެ އެސިސްޓަންޓް ހެޑްކޯޗު، އިބްރާހީމް މޫސާ އެވެ. އަދި މެނޭޖަރެއްގެ ގޮތުގައި ޓީމާއި ހަވާލުވެގެންދާނީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ޝާރިފެވެ.