19 Oct 2016, 11:33
ސަރުކާރުން ކަރަންޓު ފޯރުކޮށްދޭ މައި ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމަށް ގ. ވަށަފަރު، އިގުބާލް އާދަމް އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެ މަގާމަށް އިގުބާލް އައްޔަންކުރައްވާފައިވާ ކަމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިއަދު ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވަނީ ދާދި ފަހުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަވައި ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވެސް އައްޔަންކުރައްވާފަ އެވެ.
އިގުބާލު މީގެކުރިން ހުންނެވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއާމަންކަމުގެ މަގާމުގަ އެވެ.
ފެނަކައިގެ ޗެއާމަން ކަމަށް މިއަދު އިގުބާލް އައްޔަންކޮށްފައިވާ އިރު ފެނަކައިގެ އެމްޑީކަމަށް ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު ޝަރީފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އައްޔަންކޮށްފަ އެވެ.