ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު ރަންބީރު ކަޕޫރާއި، ބަތަލާ ޝުރުތީ ހަސަން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ޝުރުތީ ދޮގުކޮށްފި އެވެ.

ޝުރުތީ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރުނީ ދެމީހުން އެކުގައި އިޝްތިހާރެއްގެ މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އިޝްތިހާރުގެ މަސައްކަތް ކުރި ދުވަސްވަރު ދެމީހުން ވަރަށް ގިނައިން އެކުގައި ބޭރަށް ގޮސް އުޅެނިކޮށް ފެނިފައި ވާކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނަމަވެސް ޝުރުތީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝުރުތީ ބުނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އަދި އެފަދަ ވާހަކަތަކުގެ ސަބަބުން ހިނި އަންނަ ކަމަށް ވެސް ޝުރުތީ ވަނީ ބުނެފަ އެވެ.

ޝުރުތީ ބުނީ އޭނާއާ ގުޅޭ ގޮތުން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ކަމަށެވެ. އަދި ސަމާލުން ދެނީ އޭނާގެ މަސައްކަތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޝުރުތީ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ބައްޕަ ކަމާލް ހަސަން އާއެކު، ފިލްމު 'ސަބާޝް ނައިދޫ' ގަ އެވެ. އެއީ ދެ މީހުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.