މިވަގުތު ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ޕޯޗަގަލްއަށް ކުޅެމުންދާ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ލުއިސް ނަޒާރިއޯ ބުނެފިއެވެ.

ބްރެޒިލްގެ ރޮނާލްޑޯ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާގެ އިތުރުން ލުއިސް ސުއަރޭޒް ވެސް ހިމެނޭ ކަމަށާއި ނަމަވެސް މިވަގުތަށް ބަލާނަމަ އެންމެ މޮޅު ކުޅުންތެރިއަކީ ފޯޗްގަލްގެ ރޮނާލްޑޯ ކަމަށެވެ.

"އަސްލު ވަރަށް އުނދަގޫ އެ ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ނަގަން. އެއީ ވަރަށް ވަރަށް މޮޅު ހަތަރު ކުޅުންތެރިން. މިވަގުތަށް އަހަރެން ރޮނާލްޑޯ ނެގި ނަމަވެސް މެސީ އާއި ނޭމާ އެ ދައްކަމުންދާ ކުޅުން ހަނދާން ނައްތާލައިގެން ނުވާނެ،" ކުރިން ބާސެލޯނާއާ ރެއާލް މެޑްރިޑަށް ވެސް ކުޅުނު ރޮނާލްޑޯ ބުންޏެވެ.

ބްރެޒިލްގެ ރޮނާލްޑާ ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ދޭ ބެލެންޑޯ އެވޯޑް މިފަހަރު ލިބުން އެންމެ ގާތީ ވެސް ޕޯޗުގަލްގެ ރޮނާލްޑާއަށް ކަމަށް ބުނެފައެވެ.

މިވަގުތު ދުނިޔޭގެ އެންމެ ވާދަވެރި ދެ ކުޅުންތެރިންނަކީ ފޯޗުގަލްގެ ރޮނާލްޑޯ އާއި އާޖެންޓީނާގެ މޭސީއެވެ. އަދި ބެލެންޑޯ އެވޯޑް މިފަހަރު ވެސް ލިބުނު އެންމެ ގާތީ އެ ދެ ކުޅުންތެރިން ކުރެ ކުޅުންތެރިއަކަށެވެ.