18 Oct 2016, 21:55
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 15 ގަޑިއިރުގެ ތެރޭގައި މާލެއަށް އެކަނި ވެސް 72 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޯރޮލިޖިކް ސެންޓަރު (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، މިއަދު ހެނދުނު 6:00 އިން ފެށިގެން މިރޭ 21:00 ނިޔަލަށް މާލޭއަށް 71.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި ނަމަވެސް އެއީ ރިކޯޑް މިންވަރެއް ނޫން ކަމަށެވެ.
18 އޮކްޓޯބަރ 2016: ވިއްސާރަ ވެ މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައި: މާލެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފަ---ސަން ފޮޓޯ
އޮފިޝަލު ވިދާޅުވީ، ހުޅަނގު މޫސުމުގެ ވިއްސާރައިގާ މީގެ ކުރިން ގާތްގަނޑަކަށް ތިން ގަޑިއިރުގެ ތެރޭގައި 100 މިލިމީޓަރުގެ ވާރޭވެސް ވެހިފައިވާ ކަމަށެވެ. އަދި ބައެއް ދުވަސްތަކުގައި 24 ގަޑިއިރުގެ ތެރޭގައި އެއަށްވުރެ ގިނަ އަދަދަކަށް ވެސް ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މިއަދު މީ ހުޅަނގު މޫސުމުގެ ނަކަތްތަކުގެ ތެރެއިން ހޭ ނަކަތުން އެއްވަނަ ދުވަހެވެ. ހޭ ނަކަތަކީ އާންމުކޮށް ވެސް ވިއްސާރަކުރާ ނަކަތެކެވެ.
18 އޮކްޓޯބަރ 2016: ވިއްސާރަވެ މާލޭގެ މަގުތަކުގައި ފެން ބޮޑުވެފަ: މާލެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފަ---ސަން ފޮޓޯ
މާލެއަށް މިއަދު ވެހުނު ވާރޭގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވެ ގާތްގަނޑަކަށް ފޫޓަކާ ގާތަށް ފެން ބޮޑުވިއިރު، ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެހިއްސަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ފެންބޮޑުވެފައިވާ ބައެއް މަގުތަކުން ފެން ހިއްކުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ ނުކުމެ ހަރަކާތްތެރިވެފައެވެ.
18 އޮކްޓޯބަރ 2016: ވިއްސާރަވެ މާލޭގެ މަގުތަކުގައި ފެން ބޮޑުވެފަ: މާލެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިތަކެއް ކުރިމަތި ވެފަ---ސަން ފޮޓޯ
މާލޭގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ހައުސިން މިނިސްޓްރީއަށް އަމާޒުވަމުންދާއިރު، މިރޭ ކުރެއްވި ޓްވީޓެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފެން ހިންދުމުގެ ނިޒާމް، ސްޓޯމްވޯޓާ ޑްރެއިނޭޖް ޕްރޮޖެކްޓުގެ ފޭޒް އެކެއް އަދި ދޭއް ކާމިޔާބު ކަމަށެވެ.
Stormwater drainage proj phases 1&2 a success.Performs to its designed requirment. Back to normal,within 3hrs after a full day of heavy rainpic.twitter.com/AYGd86DmK5
— Dr.Mohamed Muizzu (@MMuizzu)October 18, 2016