ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ޅ. ހިންނަވަރު ފަހަލަ ޢަލީ ޝުޖާޢު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި އެވެ.
ޢަލީ ޝުޖާޢު މިހާތަނަށް ހުންނެވީ، ޑެޕިއުޓީ ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމުގަ އެވެ.

އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވީ ޝުޖާއު އަށް އެ މަގާމު ދެއްވީ ކުރިން އެ މަގާމުގައި ހުންނެވި ސުލްތޯނާ މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށެވެ.

އެ މަގާމުގެ އިތުރުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމަށް ގަލޮޅު ޕެންޒީމާގޭ ޢާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފި އެވެ. ޢާއިޝަތު ޝާން ޝާކިރު މިހާތަނަށް ހުންނެވީ ސަޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމުގައެވެ.