މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މިއަދު މީ ހުޅަނގު މޫސުމުގެ ނަކަތްތަކުގެ ތެރެއިން ހޭ ނަކަތުން އެއްވަނަ ދުވަހެވެ. ހޭ ނަކަތަކީ އާންމުކޮށްވެސް ވިއްސާރަކުރާ ނަކަތެކެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުން މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ކަނޑުވެސް ގަދަވާނެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ ޅ އަތޮޅާއި ގދ އަތޮޅާ ދެމެދަށް ވައިޓް އެލާޓްވެސް ނެރިފަ އެވެ. އެލާާޓް ނެރިފައި ވަނީ މިއަދު ތިނެއް ޖެހުމާ ހަމައަށެވެ.

މިއަދަށް ލަފާކުރާ މޫސުން

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ

  • މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގު އުތުރުން ގަނޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • އެހެންހިސާބުތަކަށް ގަނޑިއަކު 10 މޭލާ 20 މޭލާ ދެމުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ
  • މެދުތެރޭގެ އަތޮޅު ތަކުގެ ކަނޑުތައް ގަދަވާނެ
  • އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ

މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމާއެކު ދަތުރު ކުރުމަށް ސިފައިންވެސް ވަނީ އިލްތިމާސްކޮށްފައެވެ. އިއްޔެ އާއި މިއަދުވެސް ވަނީ ކަނޑު މަތީގެ ބޮޑެ ދެ ހާދިސާ ހިނގާފައެވެ.

ވިއްސާރަވުމުގެ ސަބަބުން ވަރިރަށް މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ހިނގާބިގާވެ އުޅޭ މީހުންނަށް ދަނީ ދަތިތަކާ ކުރިމަތި ވަމުންނެވެ.