ކ. އަތޮޅުގައި އޮންނަ އޮޅަހަލި ޕިކްނިކް އައިލެންޑް ފަރަށް ދޯންޏެއް އަރައި، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުހައްމަދު "ސަން" އަށް ވިދާޅުވީ، "ވީރު" ނަމަކަށް ކިޔާ އެ ދޯނި އޮޅަހަލި ފަރަށް އުރި އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިއަދު 18:27 ހާއިރު ކަމަށެވެ.

އަދި އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތް ތެރިވާން ފަށާފައިވާ ކަމަށް މޭޖަރ އަދުނާން ވިދާޅުވި އެވެ.

މޭޖަރ އަދުނާން ވިދާޅުވީ، އޮޅަހަލި ޕިކްނިކް އައިލެންޑަށް ހިލަވެލި ބޭލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި 75 ފޫޓުގެ އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށާއި އެމީހުން ސަލާމަތްތެރިކަމާއެކު މިހާރު އޮޅަހަލީގެ ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.