އިމާރާތް ކުރުމުގެ ދާއިރާގެ އެކިއެކި މަޝްރޫއުތަކަށް އެސްޓީއޯއިން ތައްޔާރީ ކޮންކްރީޓު ފޯރުކޮށްދިނުމުގެ ޚިދުމަތަށް ރައްޔިތުންގެ ޑިމާންޑު ވަރަށް ބޮޑު ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން އަބްދުލްވާހިދު މޫސާ "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިއަދު ވިދާޅުވީ، ކޮންމެ ރެޔަކުވެސް ކޮންމެވެސް ފަރާތްތަކަކަށް ރެޑީމިކްސް ކޮންކްރީޓު އެސްޓީއޯގެ "ޕަވަރމިކްސް" ޚިދުމަތުގެ ދަށުން ފޯރުކޮށްދޭ ކަމަށެވެ.

"ވަރަށް ޑިމާންޑު ރަނގަޅު. ވަރަށް ގިނަ، އިތުބާރުހުރި ބޮޑެތި ކުންފުނިތަކުން މިހާރުވެސް ރެޑީމިކްސް ގަންނަމުން ދަނީ،"

އެސްޓީއޯ ޕަވަރމިކްސް ޕްރޮމޯޝަން ފެށުމަށްފަހު އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަބްދުލްވާހިދު މޫސާ މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ރެޑީމިކްސް ކޮންކްރީޓުގެ ޚިދުމަތް ފެށުމަށް، ކޮންކްރީޓު ގެށުމުގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން އެކުންފުންޏަށް ވަނީ މާލޭގެ .

"މި ޚިދުމަތަކީ ރައްޔިތުންނަށް ފައިދާހުރި ހިދުމަތެއް. ރޯޑު ބްލޮކުވުމާއި ކޮންޖެސްޓްވުމާ މިކަމަށް ދާ ވަގުތު ކުޑަވެ، އިމާރާތްތަކުގެ މަސައްކަތް ފަސޭހައިން ކުރެވޭނެ ރެޑީމިކްސް ވެހިކަލްތަކުގެ ސާވިސްއިން،" ވާހިދު ވިދާޅުވިއެވެ.

މިއަދު އެސްޓީއޯއިން ވަނީ ޕަވަރމިކްސް ޚިދުމަތުގެ ވެސް ފަށާފައެވެ.

އެސްޓީއޯގެ "ޕަވަރމިކްސް" ޚިދުމަތް އިފްތިތާހު ކުރީ މިއަހަރުގެ ޖެނުއަރީ މަހު މާލޭގައި ބޭއްވި މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޕަވަރމިކްސް ޚިދުމަތުން ދޭ ރެޑީމޭޑް ކޮންކްރީޓު ބޭނުންކުރުމަކީ އާންމުކޮށް މަގު ބަންދުކޮށްގެން ކުރާ ކޮންކްރީޓު މަސައްކަތާ އެކު އިމާރާތް ކުރުމުގެ ކަންކަން ކުރުމާ އަޅާ ބަލާއިރު ހަތަރު ގަޑިއިރާ ހަ ގަޑިއިރާ ދެމެދުގެ ވަގުތު ސަލާމަތް ކޮށްދޭ ކަމެކެވެ.

ޕަވަރމިކްސް ޚިދުމަތުގެ ދަށުން ކޮންކްރީޓު ޕަމްޕު ކޮށްދިނުމުގެ ޚިދުމަތް ލިބޭ އިރު، ކޮންކްރީޓު މަސައްކަތް ކުރުމަށް މަގު ބަންދުކުރާކަށް ވެސް ނުޖެހޭނެއެވެ.

މީގެ އިތުރުން ޕަވަރމިކްސްގެ ދަށުން އެސްޓީއޯއިން ފޯރުކޮށްދޭ ކޮންކްރީޓަކީ ލެބޯރަޓޯރީގައި ތަހުލީލުކުރެވި، ކޮލިޓީ ހިފަހައްޓާފައިވާ، ވަރުގަދަ ކޮންކްރީޓެއް ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

ތައްޔާރީ ކޮންކްރީޓު ހެދުމާ ގުޅޭގޮތުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު އެއީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"މާލެއަކީ އެނގިވަޑައިގަންނަވާނެ ފަދައިން ވަރަށް ބޮޑަށް ތޮށްޖެހިފައި އޮތް ތަނެއް. ވަރަށް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ތަނެއް. ވަރަށް ބާރު ސްޕީޑުގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ތަނެއް. އެހެންކަމުން ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މާލެ ހިތްފަސޭހަ ތަނަކަށް ބަދަލު ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއްކަންތައް މިއަދު ހާސިލް ވެގެން މިދިޔައީ. ދެން މިކަމަށް މާލޭގެ ދެކުނު ފަރާތުން ކުރި އެސްޓީއޯގެ ކޮށްޓެއްގެ ގޮތުގައި އޮތް ތަނެއް އެކޮށި އަޅުގަނޑުމެން މި ހަވާލު ކުރަނީ،" މުއިއްޒު އޭރު ވިދާޅުވިއެވެ.