09 Jun 2011, 00:19
އައިޖީއެމްއެޗު ހިންގާ މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު މަގާމުން ވަކިކުރައްވައި އެ މަގާމު އިނގިރޭސިއަކަށް ދީފި އެވެ.
ފައިނޭންސް މިނިސްޓްރީން މިރޭ އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޒުބައިރުގެ ބަދަލުގައި އޭނާ އަދާކުރެއްވި މަގާމު ހަވާލުކުރެއްވީ، ކުރިން އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމުގައި ހުންނެވި މިސް ކެތަރިން ޖޭން ވޯޓާސްއާ ކަމަށެވެ.
މާލެ ހިމެނޭ ސަރަހައްދުގައި ދެމެހެއްޓެނިވި ގޮތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ހެލްތު ކޯޕަރޭޝަންގެ ބޯޑަށް މިއަދު ވަނީ ކެތަރީންގެ އިތުރަށް މއ. ފޮސީތިއާ މަރްޔަމް ޝެނިން ވެސް ހަމަޖައްސައިފަ އެވެ. ޝެނިން ބޯޑަށް ހަމަޖެއްސެވީ ކުރިން އެ ބޯޑްގައި ހުންނެވި އިބްރާހީމް ޝިހާމް ވަކިކުރެއްވުމަށް ފަހުގަ އެވެ.