މުމްބާއީގެ ޓްރެފިކް އަކީ މަޝްހޫރު ވާހަކަ އެކެވެ. ޓްރެފިކްގައި ނުޖެހެން ވެގެން ބޮލީވުޑުގެ ރަސްގެފާނު ޝާހު ރުކް ޚާން ވެސް ވަނީ ޕްރައިވެޓް ޖެޓެއްގައި ގެއަށް ގޮސްފަ އެވެ.

އެންމެ ފަހުން މުމްބާއީ ޓްރެފިކް ގައި ޖެހިފައި މިވަނީ އަރަމުން އަންނަ ތަރި ވަރުން ދަވަން އެވެ.

ޓްރެފިކްގައި ޖެހި ސަލާމަތް ނުވެގެން އެންމެ ވަރުން ވަނީ މަގުމަތިން ދުއްވާފައި ދިޔަ މީހެއްގެ ސައިކަލު ފަހަތަށް އަރައިފަ އެވެ. މިއީ ކޮންމެ ކޮންމެ ދުވަހަކު ފެންނާނެ މަންޒަރެއް ނޫނެވެ.

ޚަބަރުތައް ބުނާގޮތުން ވަރުން ސައިކަލެއްގައި ދިޔަ މީހެއްގެ ފަހަތަށް އެރީ މުމްބާއީ ގައި ހުންނަ ހޮލީ ފެމިލީ ހޮސްޕިޓަލް އިން ތާޖް ލޭންޑްސް އެންޑް އަށް ދިއުމަށެވެ.

ވަރުން ސައިކަލުގައި ދަނިކޮށް ނަގާފައިވާ ފޮޓޯ އެއް މިހާރު ސޯޝަލް މީޑިއާ ގައި ދައުރުވަމުން އަންނަ އިރު، ސައިކަލު ދުއްވަން އިން މީހާ ވަރަށް އުފަލުން އިން މަންޒަރު ފެނެ އެވެ.

އެ ފޮޓޯ މިހާރު ވެގެން ގޮސްފައި ވަނީ ސޯޝަލް މީޑިއާ ގައި އެންމެ ގިނަ ބަޔަކު ޝެއާކޮށް ޓުވީޓު ކުރަމުން އަންނަ އެއް ފޮޓޯ އަށެވެ.

ވަރުން އަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ވިދުން ގަދަ އެއް ތަރި އެވެ. އާންމުކޮށް ލޯބީގެ ފިލްމުތަކުން ގިނަ އިން ފެނިގެންދާ ވަރުން މިހާރު މަސައްކަޔް ކުރަމުން އަންނަނީ އާލިއާ ބަޓް އާއެކު 'ބަދްރީނާންތު ކީ ދުލްހަނިޔާ' ގަ އެވެ.