16 Oct 2016, 12:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ދައުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން މިއާން ރަޒާ ރައްބާނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން ރޭ ރާއްޖެ ވަޑައިގަތުމުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހާއި މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނެވެ.
ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ބައްދަލުކުރައްވާނެ އެވެ.
މަޖިލީހުގެ ރައީސް މަސީހުގެ ދައުވަތަކަށް ޕާކިސްތާންގެ ސެނެޓްގެ ޗެއާމަން ރާއްޖެ ވަޑައިގެން އުޅުއްވާއިރު، ދެއްވި ހާއްސަ ދައުވަތަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއާމަން، ޝައިހު ހާލިދު ބިން ހިލާލް އަލް މައްވަލީ ވެސް ވަނީ ރާއްޖެ ވަޑައިގަތް ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.