16 Oct 2016, 11:12
ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރާ އެއް މިލިޔަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަންނާނެއެވެ.
ރާއްޖެއަށް އެއް މިލިޔަން ފަތުރުވެރިން އެންމެ ފުރަތަމަ އައީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ރާއްޖެއިން ދަނީ، އެ އަހަރަކު ރާއްޖެއަށް ގެންނާނެ ފަތުރުވެރިން އަދަދު އަމާޒު ކުރަމުންނެވެ.
މި އަހަރަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަކީ 1.5 މިލިޔަން ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި، މިއަހަރުގެ އޯގަސްޓް މަހުގެ ހިސާބުތައް ދައްކާ ގޮތުން، އެ މަސް ނިމުނު އިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 112،282 އަށް އަރައެވެ. އެއީ ޖުލައި މަހު ރާއްޖެ އައި 110،432 ފަތުރުވެރިންނާ އަޅާ ބަލާއިރު 1.7 ޕަސަންޓުގެ ކުރިއެރުމެކެވެ.
އޯގަސްޓް މަހު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެއީ 36،217 ފަތުރުވެރިންނެވެ.
ދެން އެންގެ ގިނައިން ފަތުރުވެރިން ޒިޔާރަތް އައީ ޔޫކޭއިންނެވެ. އެގައުމުން 8،852 ފަތުރުވެރިން ރާއްޖެ އައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ޖަރުމަނާއި އިޓަލީ ވިލާތުންނެވެ.
އޭޝިއާ ބައްރުން ޗައިނާއަށް ފަހު އެންމެ އިންިން ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އިންޑިއާއިން 4،175 ފަތުރުވެރިން އޯގަސްޓް މަހު ރާއްޖެ އައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ ޖަޕާނުންނެވެ.
ސައުދީ އަރަބިއްޔާއިން އޯގަސްޓް މަހު ރާއްޖެއަށް 3،223 ފަތުރުވެރިން ރާއްޖެ އައެވެ. ޖުލައި މަހު ސައުދީއިން ރާއްޖެ އައީ 3،247 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ނަމަވެސް، ޖޫން މަހު ސައުދީއިން އައި ފަތުރުވެރިންގެ އަދަދު އެވެ.