Back
Nov 23, 2025 SUN
SUN

ކުޅުދުއްފުށީ އެމްޕީއެލް މުވައްޒަފުން އަނބުރާ ވަޒީފާއަށް ނުކުމެއްޖެ

ކުޅުދުއްފުށީ އެމްޕީއެލް މުވައްޒަފުން އަނބުރާ ވަޒީފާއަށް ނުކުމެއްޖެ
Lead photo

މިދިޔަ ބުރާސްފަތި ދުވަހު މަސައްކަތް ހުއްޓާލާފައި ދިޔަ ހދ. ކުޅުދުއްފުށީ ޕޯޓްގައި މަސައްކަތްކުރާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މުވައްޒިފުން އަނބުރާ މަސައްކަތައް ނުކުމެއްޖެ އެވެ.

މުސާރަ ބޮޑުކޮށްދިނުމަށް އެދި ޕެޓިޝަނެއް ހުށައެޅުމަށްފަހު އެ ޕޯޓުގައި މަސައްކަތް ކުރާ 47 މުވައްޒަފުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން އެ ދުވަހު ވަނީ މަސައްކަތް ހުއްޓާލާފަ އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގައި މަސައްކަތް ކުރުމަށް މާލެއިން މުވައްޒިފުން ގޮވައިގެން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޖުނައިދު ކުޅުދުއްފުށްޓަށް ގޮސް ޕޯޓުން މަސައްކަތް ހުއްޓާލި މުއައްޒަފުންނާ ވާހަކަ ދައްކާފައިވާ ކަމަށެވެ.

އެއާއެކު އެކަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން މަސައްކަތައް ނުކުތުމަށް ނިންމައި އެއްބަސްވެފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މުވައްޒިފުން އަނބުރާ ވަޒީފާއަށް ނުކުތުމަށް ނިންމި ނަމަވެސް މިހާރުން މިހާރަށް މުސާރަ ބޮޑުކޮށްދެވެން ނެތްކަން އަންގާފައިވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާލެއިން ކުޅުދުއްފުއްޓަށް ދިޔަ އެމްޕީއެލްގެ ޓީމް ވަނީ މިހާރު އަނބުރާ މާލެ އައިސްފައެވެ.

ކުޅުދުއްފުށީ ޕޯޓުން އެމްޕީއެލްއަށް ގެއްލުން ލިބެމުންދާތީ އެކަން ފޫބެއްދުމަށް 22 ރޫމުގެ ގެސްޓްހައުސްއެއް ކުޅުދުއްފުށީގައި އަޅައި އެތަން ހުޅުވުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics