15 Oct 2016, 09:11
އިންސްޓަގްރާމް ގައި ބޮލީވުޑްގެ ބަތަލާ އަމްރިތާ ރާއޯގެ ނަމުގައި ފޭކް އެކައުންޓެއް ހިންގަމުން އަންނަ ކަމަށާއި، އެކަމާ މެދު އޭނާގެ ސަޕޯޓަރުން ސަމާލުވުމަށް އަމްރިތާ އެދިއްޖެ އެވެ.
އަމްރިތާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 'އަމްރިތާރާއޯއޮފިޝަލް' ގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓަކީ އޭނާގެ އެކައުންޓެއް ނޫން ކަމަށެވެ.
އޭނާގެ އަސްލު އެކައުންޓަކީ 'އަމްރިތާ_ރާއޯ_އިންސްޓާ' ކަމަށް ވެސް އަމްރިތާ ވަނީ ބުނެފަ އެވެ. އޭނާގެ އަސްލު އެކައުންޓުގެ މައުލޫމާތާ އެކު ބުނެފައި ވަނީ ފޭކް އެކައުންޓުން އާންމު ކުރާ ފޮޓޯ އަދި މައުލޫމާތާ މެދު ސަމާލުވުމަށެވެ.
މިވަގުތު ފިލްމީ ދާއިރާ އާއި ދުރުގައި ހުރި އަމްރިތާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޓީވީ އިން ގެނެސްދިން ޑްރާމާ 'މޭރީ އަވާޒް ހީ ޕެހެޗާން ހޭ' އިންނެވެ.