14 Oct 2016, 10:17
ޕަރިނީތީ ޗޯޕްޅާ އަދި އާޔޫޝްމަން ޚުރާނާ އެކުގައި ފެނިގެންދާ ފިލްމު 'މޭރީ ޕިޔާރީ ބިންދޫ' ގެ ޝޫޓިން ނިންމާލައިފި އެވެ.
ފިލްމުގެ ޝޫޓިން ނިމިފައިވާ ކަން ހާމަކުރީ ޕަރިނީތީ ކުރި ޓުވީޓެއްގައެވެ.
ޔަޝް ރާޖް ފިލްމްސްގެ ދަށުން މަނީޝް ޝަރްމާ ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ކޮލްކަޓާ އަދި މުމްބާއީގައެވެ.
ލޯބީގެ މަޖާ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަކްޝޭ ރޯއި އެވެ. އެއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.
'މޭރީ ޕިޔާރީ ބިންދޫ" ގައި އާޔޫޝްމަން އަދާކުރާނީ ބިރުވެރި ވާހަކަ ލިޔާ މީހެއްގެ ރޯލެވެ. އަދި ޕަރިނީތީ ފެނިގެންދާނީ ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. އެ ފިލްމުގައި ޕަރިނީތީ ކިޔައިދީފައިވާ ލަވަ ހިމެނޭނެ ކަމަށް ޚަބަރުތައް ބުނެ އެވެ.