13 Oct 2016, 23:15
އުރީދޫ ގްރޫޕުން ދިވެހިރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާ ކޮށްފިއެވެ.
އެ ތިން ސީ އެމްބިއުލާންސް ހަދިޔާކޮށްފައި ވަނީ ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އުރީދޫ ހިމެނިކަން ރަސްމީކޮށް ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައިއެވެ.
ސީ އެމްބިއުލާންސް ތައް ހަދިޔާ ކުރީ "އުރީދޫ މޯބައިލް ހެލްތު ކްލިނިކު"ގެ ނަމުގައެވެ. އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވީ، އެ ސީ އެމްބިއުލާންސްތަކުގެ ޚިދުމަތް، ހެލްތު މިނިސްޓްރީ މެދުވެރިކޮށް ދޭނީ ދިވެހި ރެޑް ކްރެސެންޓުން ކަމަށެވެ.

އުރީދޫއިން ރާއްޖެއަށް އައިސީޓީ އިންކިއުބޭޓާސް ހަދިޔާ ކުރަނީ
މީގެ އިތުރުން އުރީދޫ ގްރޫޕުން ވަނީ ރާއްޖޭއަށް ތިން އައިސީޓީ އިންކިއުބޭޓަރ ވެސް ހަދިޔާ ކޮށްފައެވެ.
އުރީދޫއިން މިރޭ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެކުންފުނި ލިސްޓު ކުރި އިރު، އަންނަ އަހަރު އެކުންފުނިން ހިއްސާ ވިއްކާނެއެވެ. އެކަމުގެ ތަފްސީލުތައް އަންނަ އަހަރު ހާމަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.