Back
Nov 23, 2025 SUN
SUN

ޕީޕީއެމްގެ ދަފްތަރުން ފާރިސް ވަކިކޮށްފި

ޕީޕީއެމްގެ ދަފްތަރުން ފާރިސް ވަކިކޮށްފި
Lead photo

ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރުންް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަކިކޮށްފިއެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ ފާރިސް ޕީޕީއެމްގެ ދަފްތަރުން ވަކިކުރަން ނިންމީ ޕީޕީއެމްގެ 20 މެމްބަރަކު ހުށައެޅި މައްސަލަ ބަލައި ނިންމުމަށް ފަހު ކަމަށެވެ.

މީގެ ތިން މަސް ކުރިން ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް އެޕާޓީން ވަކިކޮށްފައެވެ.

ފާރިސްގެ އިތުރުން ރައީސް މައުމޫންއަށް ތާއީދު ކުރައްވާ އެޕާޓީގެ ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އަދި ސިޓީ ކައުންސިލް މެމްބަރު ޒައިދުލް އަމީންވެސް ސުލޫކީ ކޮމެޓީން ވަނީ ޕީޕީއެމްއިން ވަކިކޮށްފައެވެ.

ނަމަވެސް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތިން މެމްބަރުންގެ ސުލޫކީ މައްސަލައެއް ހުށައަޅަންޖެހޭ އުސޫލުގެ މަތިން އެޕާޓިއަށް ހުށައަޅާފައިނުވާ ކަމަށާއި އެތިން މެމްބަރުން ޕާޓީން ވަކިނުވާ ކަމަށެވެ.

އެތިން މެމްބަރުން އެޕާޓީން ވަކިކުރަން ސުކޫކީ ކޮމެޓީން ނިންމީ ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީންއާއި ދޭތެރޭ ސިޔާސީ ހިޔާލުތަފާތުވުންތަކެއް އުޅޭދަނޑިވަޅެއްގައެވެ. އެތިން މެމްބަރުންނަކީ ރައީސް މައުމޫންއަށް ތާއީދު ކުރާ މެމްބަރުންނެވެ. ސުލޫކީ ކޮމެޓީގެ މެޖޯރިޓީ އޮންނަނީ ރައީސް ޔާމީންއަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics