13 Oct 2016, 16:35
ޗެލްސީގެ ބްރެޒިލް ތަރި ވިލިއަންގެ މަންމަ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 28 އަހަރުގެ ވިލިއަންގެ މަންމަ މަރުވިކަން އޭނާގެ ސަޕޯޓަރުންނަށް ފޭސްބުކް މެދުވެރިކޮށް ޔަގީންކޮށްދީފައިވެ އެވެ.
ވިލިއަންގެ މަންމަ މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދަނިކޮށެވެ. އެ ބައްޔަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބްރެޒިލްގައި އޭނާގެ މަންމަ ދިޔައީ ފަރުވާ ހޯދަމުންނެވެ.
އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށްފަހު ޗެލްސީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި އޭރު ބަލި އެނދުގައި އޮތް އޭނާގެ މަންމަ އަށް މެޗުގައި ޖެހި ލަނޑު ހަދިޔާކުރާ ކަމަށް ބުނެފައިވެ އެވެ.
ވިލިއަންގެ ސޯޝަލް މީޑިއާ އެކަންޓްތަކުގައި އޭނާގެ މަންމައަށް ހާއްސަކޮށް ޅެމެއް ވެސް އޭނާ ލިޔެފައިވެ އެވެ.