13 Oct 2016, 12:18
މީހެއްގެ އަތުން މޯބައިލް ފޯނެއް ފޭރިންގެފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ވީޑިއޯގައި ފާހަގަކޮށްފައިވާ ދެ މީހުންނަކީ މިދިޔަ ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ ރޭ 10:00 ކަންހާއިރު ހަނދުވަރުދޭގޯޅިން މީހެއްގެ އަތުން ފޯނެއް ފޭރިގެންފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެމީހުން ކަމަށެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ އެ ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ޝުކުރުވެރިކަމާ އެކު ފާހަގަކުރާކަމަށް ފުލުހުން ބުންޏެވެ.