ތ. ތިމަރަފުށީގައި ޓޭބަލް ޓެނިސް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

ތިމަރަފުށީގައި ފެށުނު ޓީޓީ ޓްރެއިނިން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އެގްޒެކެޓިވް ކޮމިޓީ މެންބަރު އަލީ އާދަމްމަނިކެވެ.

އެ ރަށުގައި ފެށި ޕްރޮގްރާމަކީ ޓީޓީ އެސޯސިއޭޝަނާއި ތިމަރަފުށީ ޔޫތު ސެންޓަރު އަދި ތ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ތިމަރަފުށީގައި ކުރިއަށްދާ އެ ޕްރޮގްރާމަކީ އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ޓީޓީ ކުޅެން ދަސްކޮށްދިނުމާއި އެ ކުޅިވަރުގެ ހުނަރު އުނގަންނައި ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގައި ޓްރެއިނަރެއްގެ ގޮތުން ހަރަކާތްތެރިވަނީ ޓީޓީ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޓްރެއިނަރެއް ކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން ބުންޏެވެ.