ތ. ތިމަރަފުށީގެ އަންހެނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބާއްވައިފި އެވެ.

އެ މުބާރާތަކީ އަންހެނުންގެ މެދުގައި ވޮލީބޯޅަ އާލާކޮށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ތިމަރަފުށީ ޔޫތު ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

އެ މުބާރާތުގައި ވާދަކޮށްފައިވަނީ ތިމަރަފުށީގެ އަންހެން ހަތަރު ޓީމެވެ. މުބާރާތް ކުރިއަށްގޮސްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ކުރީގައި އޮންނަ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

ތިމަރަފުށީ ޔޫތު ސެންޓަރުގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ ވިދާތަރި ޓީމާއި ރިވެންޖް ގާލްސް އެވެ.

އެ މުބާރާތަކީ ތިލަފުށީ ކޯޕަރޭޝަންގެ ހެޔޮ އެދުންތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެއް ކަމަށް ތިމަރަފުށީ ޔޫތު ސެންޓަރުން މައުލޫމާތުދެ އެވެ.