08 Jun 2011, 13:09
"ތޮއްޑޫ ދާއިރާ މެކުހަށް" މިނަމުގައި އެމްޑީޕީން މާދަމާރޭ ބޮޑު ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ތޮއްޑޫގައި އެމްޑީޕީން ބާއްވާ އެ ޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލްކުރައްވާ މެމްބަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ޖަލްސާ އެވެ. ތޮއްޑޫ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ބައިވެރިވެވަޑައިގެންނަވާނެ އެވެ.
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ މިއަދު ވިދާޅުވީ ތޮއްޑޫގައި ބާއްވާ އެ ޖަލްސާގައި މާލޭގެ އިތުރުން އެ އަތޮޅުގެ އުކުޅަހުންނާއި ރަސްދޫ އިން ވެސް ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން ބައިވެރިވާނެ ކަމަށެވެ.
" އެޖަލްސާއަކީ އެ ދާއިރާ އިތުރަށް ކުރިއަރުވާ ދާއިރާގައި ހުރި ކަންތައްތަކައް ފާހަގަކޮށްގެން ކުރިއަށް ގެންދާ ޖަލްސާއެއް،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ތޮއްޑޫގައި ބާއްވާ އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ އެމްޑީޕީގެ މެންބަރުން ނަންނޯޓް ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އަދި އެޖަލްސާ ވީޓީވީން ލައިވްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.