Back
Nov 23, 2025 SUN
SUN

ތައިލެންޑާއި ރާއްޖޭގެ ވިޔަފާރި ފުޅާކުރަން މަޝްވަރާ ފަށައިފި

ތައިލެންޑާއި ރާއްޖޭގެ ވިޔަފާރި ފުޅާކުރަން މަޝްވަރާ ފަށައިފި
Lead photo

ތައިލެންޑާ ރާއްޖެއާ ދެމެދު 2013 ވަނަ އަހަރު އުފައްދާފައިވާ ޖޮއިންޓް ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން ފަށައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ފެށި އެބައްދަލުވުމުގެ ފުރަތަމަ ދަންފަޅީގައި މިއަދު އޮތީ ދެ ގައުމުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވެވެ. މާދަމާ މިނިސްޓްރީއަލް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެ ބައްދަލުވުންތަކަށް ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ވަނީ މިއަދު ރާއްޖެ ވަޑައިގެފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އިފްތިހާރު ވިދާޅުވީ، އެ ބައްދަލުވުންތަކުގައި ދެ ގައުމު ދެމެދުގައި ވިޔަފާރި ކުރިއެރުވުމާއި އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"އެންމެ ބޮޑު އިސްކަމެއްދޭނީ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ކުރިއެރުވުމުގެ ގޮތުން،" އިފްތިހާރު ވިދާޅުވިއެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން، އެ އަހަރު ތައިލެންޑުގައި ބާއްވާފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި އަހަރުގެ ކުރީކޮޅު ވަނީ ތައިލެންޑަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ތައިލެންޑުގެ ބޮޑުވަޒީރު ޖެނެރަލް ޕްރާޔުތު ޗަން އޮޗާއާ ރައީސް ޔާމީން ބައްދަލުކުރެއްވި އިރު، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އިތުރުން އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics