12 Oct 2016, 12:27
ވޮޝިންޓަން(އޮކްޓޯބަރު 12): ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަންގެ އަތުން ގިނަ އަދަދެއްގެ ގަހަނާ ފޭރިގެން ކަމަށް ބުނެ ކިމް ހެދީީ ދޮގު ކަމަށް ބުނި ވެބްސައިޓަކާ ދެކޮޅަށް އޭނާ ދައުވާކޮށްފި އެވެ.
މިދިޔަ ހަފްތާ ތެރޭގައި ފްރާންސުގެ ޕެރިހުގެ ހޮޓަލެއްގައި ކިމް ހުއްޓާ، ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ އޭނާގެ ކޮޓަރިއަށް ވަދެ، ކިމްއަށް ބަޑިން ބިރު ދައްކައި އޭނާގެ ދެއަތް ބަނުމަށް ފަހު ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާއާއެކު ފިލާފައި ކަމަށް ޕެރިހުގެ ފުލުހުން ބުނެ އެވެ.
ނަމަވެސް މީޑިއާޓޭކްއައުޓް ކިޔާ ވެބްސައިޓެއްގައިވާ ގޮތުން ގަހަނާ ފޭރިގަތް ކަމަށް ބުނެ ކިމް ހެދީ ދޮގެވެ. އަދި އޭގެ ބޭނުމަކީ އިންޝުއަރެންސް ފައިސާ ހޯދުމެވެ.
އެހެންކަމުން ކިމް ވަނީ މީޑިއާޓޭކްއައުޓާއި އެވެބްސައިޓުގެ ވެރިޔާ ފްރެޑް މުވަންގަގުުހުންގާއާ ދެކޮޅަށް އަބުރާ ބެހުމުގެ ދައުވާކޮށްފައެވެ. އެދައުވާގައިވާ ގޮތުން "ފްރާންސުގައި ބިރުވެރި ވައްކަމެއްގެ ޝިކާރައަކަށް ވުމަށް ފަހު އަނބުރާ އެމެރިކާއަށް ދިޔަ ކިމް ކާޑޭޝިއަން ވަނީ އަނެއްކާވެސް ވަނީ ޝިކާރައަކަށްވެފައެވެ. އެއީ ކިމް އަކީ ދޮގުވެރިއެއް ކަމަށާއި ވައްކަން ކުރާ މީހެއް ކަމަށް ބުނާ އޮންލައިން ގޮސިޕް ޓެބްލޮއިޑެއްގެ ޝިކާރައަކަށެވެ."
އަދި "އެއްވެސް ހެއްކަކާ ނުލައި ދެއްކި އެވާހަކަތަކަށް" މުވަންގަގުހުންގާ މާފަށް އެދިފައި ނުވާ ކަމަށާއި އެ އާޓިކަލްތައް ނަގަން އޭނާ އިންކާރުކޮށްފައިވާ ކަމަށްވެސް ދައުވާގައިވެ އެވެ.
އެމައްސަލައާ ބެހޭ ގޮތުން މީޑިއާޓޭކްއައުޓުން އަދި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)