މާލޭގެ އިރު އުތުރުން 306 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އަތުވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރޭ ފަތިހު 3.30 ހާއިރު 4.9 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށާއި، އެ ބިންހެލުމުގެ އިހުސާސް ކުރެވިގެން ބައެއް ފަރާތްތަކުން ރިޕޯޓު ކުރި ކަމަށެވެ.

އެ އިދާރާއިން ބުނީ ރޭ އައި ބިންހެލުމުގެ އެކަމުގެ އެއްވެސް ނުރައްކަލެއް ރާއްޖެއަށް ނެތް ކަމަށެވެ.