12 Oct 2016, 09:29
ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ކުންދްރާގެ ބައްޕަ، ސުރެންދުރަ ޝެޓީ މަރުވެއްޖެ އެވެ.
ޝެޓީ މަރުވެފައި ވަނީ އިއްޔެ މެންދުރު އޭނާގެ ގޭގައި ހުއްޓައި، ހިތް ހުއްޓިގެންނެވެ.
ޝެޓީ މަރުވި އިރު އުމުރުން 74 އަހަރެވެ. ޝެޓީ އަކީ އަބަދުވެސް ސިއްހަތަށް ވަރަށް ބޮޑަށް ބަލައިގެން އުޅުނު މީހެއް ކަމަށް ޚަބަރުތައް ބުނެ އެވެ. އެގޮތުން ގަވާއިދުން ކޮންމެ ދުވަހަކު ހިނގަން ވެސް ގޮސް އުޅުނެވެ.
ޝެޓީ މަރުވުމުން ޝިލްޕާ އާއި އޭނާގެ ކޮއްކޮއަށް ވަރަށްފުން ހިތާމައެއް ލިބިފައިވާ ކަަމަށް ޚަބަރުތަައް ބުނެ އެވެ.