މިއަހަރު ސަން ޓީވީން ބޭއްވި ސަން ޤުރުއާން މުބާރާތާއި ސަން މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ކުދިންނަށް އެވޯޑް ދީފި އެވެ.

މިއީ ސަން ޤުރުއާން މުބާރާތައި މަދަހަ މުބާރާތް ބޭއްވި ދެވަނަ އަހަރެވެ. އެގޮތުން އެސްޓީއޯ އިން ސްޕޮންސާކޮށްގެން މިއަހަރު ބޭއްވި އެ ދެ މުބާރާތުގައި 630 ކުދިން ބައިވެރިވެފައިވާ ކަމަށް ސަން ޓީވީން ބުންޏެވެ.

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެ ދެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ކޮންމެ މުބާރާތަކުން ވެސް އެކި އުމުރުފުރާތަކުން އެންމެ މޮޅު ތިން ކުދިންނާއި ކޮންމެ މުބާރާތަކުން އެންމެ މޮޅު ދިން ދަރިވަރުން ހޮވައި ވަނީ އިނާމު ދީފަ އެވެ.

މުބާރާތުގެ އެއްވަނަ އަށްދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެގޮތުން، މިއަހަރުގެ ސަން ޤުރުއާން މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ ށ. ކޮމަންޑޫ، ރަބީއުގެ، އާއިޝަތު އަފްނާން ޝަރީފެވެ. އަފްނާން ވަނީ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާއިން ވެސް އެއްވަނަ ހޯދާފައެވެ.

ޤުރުއާން މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ މ. ވައްތިޔަރަގް، ރައްޔާން އާދަމް ގާސިމް ރަމީޒް ހޯދިއިރު، ތިން ވަނަ ހޯދީ ރ. ކަދޮޅުދޫ، ސީސަންގޭ އިބާނާ އިބްރާހީމެވެ. އިބާނާ ވަނީ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާއިން ދެވަނަ ވެސް ހޯދާފަ އެވެ.

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަން ޤުރުއާން މުބާރުގެ އުމުރުފުރާތަކުގެ ނަތީޖާ

6 އަހަރުން ދަށް

  1. ނާޔާ އަބްދުﷲ ރަޝީދު، އަތިރީގެ، ނ. މަނަދޫ

  2. އަލީ އާކިފް އާމިރު، ލިބޯމާގެ، ލ. އިސްދޫ
  3. ހަސަން ރަޝާން އަބްދުލް ތައްޒާގު، ވެލްކަމް، ޅ. ހިންނަވަރު

7 އަހަރުން ދަށް

  1. ނަފްގާ އަބްދުﷲ ހުސެއިން، އަލިވާގެ، ފ. ނިލަންދޫ

  2. އައިސަތު ޔާހާ ވަހީދު، މާލޭގަންޝޭޑީރެސްޓް، ޏ. ފުވައްމުލައް ސިޓީ
  3. އާއިސަތު އާލާ ހަސަން، ދިލްބަހާރުގެ، މ. މުލި

9 އަހަރުން ދަށް

  1. ސަނީމް މުހައްމަދު ޝިނާން މުނޫރު، ނިވާދަށުގެ، ހދ. ވައިކަރަދޫ

  2. ޔުމްނު އަލީ އަޝްރަފު، މ. ނާނާގަލަ
  3. އަލީޝާ އަހުމަދު އަބްދުއްޝުކޫރު، ގ. ރެޑްކޮރަލް

11 އަހަރުން ދަށް

  1. މުހައްމަދު އަތޫފް އާމިރު، ލިބޯމާގެ، ލ. އިސްދޫ

  2. މުހައްމަދު އަރުސް، އިވްނިންވިލާ، ސ. ހުޅުދޫ
  3. ފާތިމަތު ސުމާ މުހައްމަދު، ގިރިޓީގެ، ހދ. ކުމުންދޫ

13 އަހަރުން ދަށް

  1. އައިޝަތު އަފްނާނު ޝަރީފް، ރަބީއުގެ، ށ. ކޮމަންޑޫ

  2. ފާތިމަތު ރަޝާ އަބްދުލް ރައްޒާގު، ވެލްކަމް، ޅ. ހިންނަވަރު
  3. ފަޝުލް ބުން ނިޔާޒު، ބާބުއްރަހް، އއ. ތޮއްޑޫ

16 އަހަރުން ދަށް

  1. ރައްޔާން އާދަމް ގާސިމް ރަމީޒު، މ. ވައްތިޔަރަގެ

  2. އިބާނާ އިބްރާހިމް، ސީސަންގެ، ރ. ކަދޮޅުދޫ
  3. އަހުމަދު ނަބީހު، މާބަގީޗާގެ، ލ. މާވަށް

ސަން މަދަހަ މުބާރާތުގެ އުމުފުރުއާއަކުން ވަނައަކަށް ދިޔަ ކުއްޖަކަށް ސަން މީޑިއާ ގްރޫޕުގެ އެޑްމިން އެންޑް އެޗްއާރު މެނާޖަރު މުހައްމަދު އާމިރު އަހުމަދު އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި ސަން މަދަހަ މުބާރާތުގެ ހަތަރު އުމުރުފުރާއަކުން އެންމެ މޮޅު ތިން ދަރިވަރުންނަށާއި އެ މުބާރާތުގެ އެންމެ މޮޅު ތިން ދަރިވަރުންނަށް ހޮވުނު ދަރިވަރުންނަށް ވަނީ އިނާމް ދީފަ އެވެ.

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެގޮތުން، ސަން މަދަހަ މުބާރާތުގެ އެއްވަނަ ހޮވުނީ ސަބްނަމްވިލާ، އާމިނަތު ޒާރާ އިބްރާހިމެވެ. އޭނާ އަކީ 14 އަހަރުންދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދާފައިވާ ކުއްޖާ އެވެ.

އަދި މުޅި މުބާރާތުގެ ދެވަނަ އަށް އަހަރުން ދަށުގެ އުމުރުފުރާގެ އެއްވަނަ ހޯދި ޑޭލައިޓްވިލާ، ޏ. ފުވައްމުލައް ސިޓީ/ ދޫޑިގަން، އައިޝަތު ތަނާލް ރިފްއަތު ހޯދިއިރު، ތިން ވަނަ ހޯދީ ކަސްތޫރިގެ، ހދ. ވައިކަރަދޫ، ދޫޝާން ޖަވާދެވެ. އޭނާ ވަނީ އަށް އަހަރުން ދަށުގެ އުމުރުފުރާގެ ދެވަނަ ވެސް ހޯދާފަ އެވެ.

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަން މަދަހަ މުބާރާތުގެ އުމުރުފުރާތަކުގެ ނަތީޖާ

8 އަހަރުން ދަށް

  1. އައިޝަތު ތަނާލް ރިފްއަތު، ޑޭލައިޓްވިލާ، ޏ. ފުވައްމުލައް ސިޓީ/ ދޫޑިގަން

  2. ދޫޝާން ޖަވާދު، ކަސްތޫރިގެ، ހދ. ވައިކަރަދޫ
  3. އައިޝަތު ނަޝާ ނަހުސަން، ސުވާސާގެ، ނ. ލަންދޫ

11 އަހަރުން ދަށް

  1. މުހައްމަދު ޖިބްރީލް އަލީ، ގުލްޒާރުގެ، ސ. ހިތަދޫ

  2. މުޝާތް މުސްތާގު، ޗާންދު، ގދ. ތިނަދޫ
  3. އައިޝަތު މަލަކް ސިނާން، ދަފްތަރު. ނަންބަރު 1393، މާލެ

14 އަހަރުން ދަށް

  1. އައިމިނަތު ޒާރާ އިބްރާހިމް، ސަބްނަމްވިލާ

  2. އައިޝަތު އައިނީ ޝަފީއު، މއ. ބެރިއަންފަރު
  3. މުހައްމަދު ނުހާމް ރަޝީދު، ވ. މިއަހެލި

17 އަހަރުން ދަށް

  1. މަރިޔަމް އީނާސް، ޑައިމަންޑް ހައުސް، ހއ. ބާރަށް

  2. އައިމިނަތު ހުޝާމާ، މޭވާގެމ ނ. ވެލިދޫ
  3. އައިޝަތު އަޒަލް އަލީ ޒާހިރު، އޯކިޑްމާގެ، ސ. ފޭދޫ

ސަން ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ޤުރުއާން މުބާރާތުގެ ވަނައަކަށް ދިޔަ ދަރިވަރަކަށް އެސްޓީއޯގެ މެނޭޖަރު އިސްމާއިލް ސާދިގު އިނާމު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު