ކަސްޓަމަރުންގެ ސަލާމަތަށްޓަކައި، ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުނިން އެކުންފުނީގެ ގެލެކްސީ ނޯޓު 7 ފޯނު އުފެއްދުމާއި ވިއްކުން ހުއްޓާލަން ނިންމައިފިއެވެ.

ސެމްސަންގުން މިއަހަރު ނެރުނު ނޯޓު 7 ފޯނު އެކުންފުނިން ބާޒާރަށް ނެރުނީ ބޮޑެތި އުންމީދުތަކަކާ އެކުގައެވެ. ނަމަވެސް އެ ފޯނުގެ ބެޓެރި ގޮވައި، ބެޓެރީގައި ރޯވާ މައްސަލައެއް ދިމާވާން ފެށުމާ އެކު، ސެމްސަންގުން ވަނީ އެ ފޯނުތަކުގެ ބަދަލު، ކަސްޓަމަރުންނަށް ދިނުމަށްފަހު ފޯނު އަނބުރާ ނަގާފައެވެ.

އެފަދައިން ގިނަ ފޯނުތަކެއް އަނބުރާ ނެގުމަށްފަހު، ސެމްސަންގްއިން ވަނީ އެފޯނަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކައި ފޯނުގެ ބެޓެރީއަށް ބަދަލުތަކެއް ގެނައުމަށްފަހު، މި އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ނޯޓު 7 އަލުން ރީލޯންޗު ކޮށްފައެވެ.

އެހެން ނަމަވެސް އެ ފޯނަށް ދިމާވަމުން އައި މައްސަލަ ހައްލުވާ ގޮތެއް ނުވިއެވެ.

ސެމްސަންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ކަސްޓަމަރުންގެ ސަލާމަތަށްޓަކައި ގެލެކްސީ ނޯޓު 7 ފޯނު ވިއްކުމާއި އުފެއްދުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި ނޯޓު 7 ގެ އޮރިޖިނަލް ފޯނާއި، އޭގެ ބަދަލުގައި ސެމްސަންގްއިން ފޮނުވި ނޯޓު 7 ފޯނުތައް މިވަގުތު އޮތް ކަސްޓަމަރުން، އެ ފޯނުތަކުގެ ޕަވަރ އޮފް ކުރުމަށްފަހު އޭގެ ބަދަލުގައި ފައިސާ ނުވަތަ އެހެން ފޯނެއް ސެމްސަންގުން ހޯދުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސެމްސަންގުން ދުނިޔޭގެ 10 ގައުމެއްގައި ވިއްކާފައިވާ 2.5 މިލިޔަނަށް ވުރެ ގިނަ ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނު ވަނީ އަނބުރާ ނަގައިފައެވެ.

އެ ފޯނު ޕްރީއޯޑަރު ކުރި ދުވަސްވަރު، ސެމްސަންގުން ވަނީ 45،000 ފޯނު ޔޫރަޕުގައި ވިއްކައިފައެވެ. އެ ފޯނުތަކުގެ ތެރެއިން 75 ޕަސަންޓަށް ވުރެ ގިނަ ފޯނު ވަނީ އެހެން ފޯނަކަށް، ނުވަތަ ނޯޓު 7ގެ އާ ފޯނަކަށް ސެމްސަންގުން ބަދަލުވެސް ކޮށްދީފައެވެ.

ދުނިޔޭގެ ގިނަ އެއާލައިންތަކުން ވަނީ، ފްލައިޓު މަތީގައި ނޯޓު 7 ފޯނު ބޭނުންކުރުން މަނާކޮށްފައެވެ.

ނޯޓު 7ގެ ނާކާމިޔާބީއާ އެކު ސެމްސަންގުން ވަނީ، އެކުންފުނީގެ މާލީ ހާލަތު ސަލާމަތް ކުރުމުގެ ގޮތުން، ސެމްސަންގުން ގަނެފައިވާ ބޭރުގެ ބައެއް އެހެނިހެން ކުންފުނިތަކުގައެވެ. ނަމަވެސް ސެމްސަންގުން ބުނެފައިވަނީ، ނޯޓު7ގައި މައްސަލަ ޖެހުނު ނަމަވެސް ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ެ ކަމަށެވެ.