އިޓަލީ ޗެމްޕިއަން ޔުވެންޓަސް އިން ފަލަސްތީނުގެ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ސޮއި ހޯދައިފި އެވެ.

ފަލަސްތީނުގެ ރާޝިދް އަލް ހައްޖާވީ އެންމެ ފުރަތަމަ ވިދާލާފައިވަނީ ސޯޝަލް މީޑިއާތަކުގައި އާންމުވި ވީޑިއޯތަކަކުންނެވެ.

އިޓަލީގެ ކާމިޔާބު ކްލަބު ޔުވެންޓަސްގެ އެކަޑަމީއަށް އަލް ހައްޖާވީ ސޮއިކޮށްފައިވަނީ ޔުވެންޓަސް ސްޓޭޑިއަމަށް ކުރި ޒިޔާރަތަކަށްފަހު އެވެ.

އަލް ހައްޖާވީ އެންމެ ފުރަތަމަ ފެނިގެންދާނީ ޔުވެންޓަސްގެ 10 އަހަރުން ދަށުގެ ޓީމުންނެވެ. އެއަށްފަހު އޭނާގެ ކުޅުމަށް ބަލާފައި އެކި ރޭންކްތަކަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.