11 Oct 2016, 10:25
މެޗު ފެށިގެން ހަތް ވަނަ ސިކުންތުގައި ލަނޑެއް ކާމިޔާބުކޮށް ވޯލްޑަކަޕް ކޮލިފައިންގެ ތާރީޚްގައި އެންމެ އަވަސް ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭއަށް ލިބިއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މީގެ ކުރިން އެންމެ އަވަހަށް ލަނޑެއް ކާމިޔާބުކޮށް ރިކޯޑް ހަދާފައިވަނީ 1993 ވަނަ އަހަރު އިންގްލެންޑް ކޮޅަށް މެޗުގެ އަށް ވަނަ ސިކުންތުގައި ލަނޑު ޖެހި ސެން މަރީނޯގެ ޑޭވިޑް ގުއަލްޓިއޭރީއެވެ.
ރޭގެ މެޗުގައި ޖިބްރޯލްޓާ ކޮޅަށް ބެންޓޭކް ހަތް ވަނަ ސިކުންތުގައި ކާމިޔާބް ކުރި ގޯލު ---
ގްރޫޕް އެޗްގައި ކުޅުނު އެމެޗު ބެލްޖިއަމް ކާމިޔާބު ކުރީ 6-0ގެ ނަތީޖާ އަކުން ޖިބްރޯލްޓާ ބަލިކޮށްގެންނެވެ. އެ ނަތީޖާއާ އެކު ގްރޫޕްގެ އެއްވަނައިގައި ބެލްޖިއަމް އޮތީ ނުވަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ގްރީސްއަށް ވެސް ނުވަ ޕޮއިންޓް ލިބޭއިރު އެ ޓީމަށް ދެވަނަ ލިބެނީ ފައިދާގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި ބޮސްނިއާ އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ކްރިސްޓަލް ޕެލަސްއަށް ކުޅެމުންދާ ބެންޓެކޭ ވަނީ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ފުރިހަމަ ކޮށްފައެވެ. ބެލްޖިއަމްގެ އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ޑްރިއެސް މާޓިންސް އާއި އެޑިން ހަޒާޑް އަދި އެކްސްލް ވިސެލް އެވެ.