ހއ. އިހަންވަންދޫގައި ދެ މީހަކު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޝައްކު ކުރެވިގެން އެ ރަށުން ޑުރަގުގެ ވަބާ ފުލެހުމަށް ހާއްސަ ޝިއާރެއްގެ ދަށުން ސިލްސިލާ މަސައްކަތްތަކެއް ކުރަން އިހަވަންދޫ ކައުންސިލުން ނިންމައިފި އެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ ރަށުގެ ރައްޔިތުން ނުކުންނަނީ "ޑުރަގު ބޯ މީހުން ހުތަށް، ރައްޔިތުން ރަތަށް" މި ޝިޔާރުގެ ދަށުން ކަމަށެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ ރަށުން ފަށާ ކެމްޕޭނަކީ ނަތީޖާ ނެރުމަށް ފަށާ ކެމްޕޭނެ ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެ ރަށުން ޝައްކު ކުރެވުނު މީހުން މައްސަލަ ހައްލުވުމުން ނޫނީ މަސައްކަތް ހުއްޓައި ނުލާނެ ކަމަށެވެ.