11 Oct 2016, 08:57
ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރަމޯސްގެ ކަކުލަށް އަނިޔާވެފައިވާކަން އެ ކްލަބުން އިއުލާންކޮށްފި އެވެ.
ތަޖުރިބާކާރި ޑިފެންޑަރު ރާމޯސް އަށް އަނިޔާވެފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާއާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ސްޕެއިން ކުޅުނު މެޗުގައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ އަތުން 2-0 ލަނޑުގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައި ރާމޯސްގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާ ވެފައެވެ. އެ އަނިޔާއާ ގުޅިގެން އޭނާއަށް މެޗުގެ ދެ ވަނަ ހާފު ފުރިހަމަކުރެވޭ ގޮތް ވެފައެއް ނުވެ އެވެ.
ރެއާލް މެޑްރިޑުން ވަނީ ރާމޯސްއަށް ލިބުނު އަނިޔާގެ ތަފްސީލް ހާމަކޮށްފައެވެ. އަދި އެ އަނިޔާ އިތުރަށް ބެލުމަށް ރާމޯސް އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް ވެސް އެ ކްލަބުން ބުނެ އެވެ.
ރާމޯސް އަށް ލިބުނު އަނިޔާއާ ގުޅިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ.