08 Jun 2011, 10:18
މާފަންނު ގެއެއްގެ ކޮޓަރިއެއްގެ ތެރޭ ދަންޖެހިފައި ހުރި ބަންގުލަދޭޝް މީހަކު ފުލުހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ އެގޭގެ ތިން ވަނަ ބުރީގައި ހުރި ކޮޓަރިއެއް ތެރޭ މިއަދު ހެނދުނު 8:35 ހާއިރު ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރި އުމުރުން 27 އަހަރުގެ ބަންގުލަދޭޝްގެ މީހާގެ ހަލު ސީރިއަސް ކަމަށެވެ.
އަދި އެމީހާ ދަންޖެހުމަށް ބޭނުން ކޮށްފައިވާ ވާގަނޑު ކަނޑާލައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.