ސްރީލަންކާގެ ހޮސްޕިޓަލްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭވެބްސައިޓެއްރާއްޖޭގައި ތައާރަފްކޮށްފިއެވެ.

"އެވްރިތިން ރެޑް" ނަމަކަށް ކިޔާ ކުންފުނިން ތައާރަފްކޮށްފައިވާ ޑޮކް.ކޮމް ވެބް ސައިޓް މެދުވެރިކޮށް ލަންކާގެ ބޮޑު 10 ހޮސްޕިޓަލަކުން އެޕޮއިންޓްމަންޓް ހެއްދެއެވެ.

އެޕޮއިންޓްމަންޓުގެ އިތުރުން ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ކިޔޫ ބެލުންފަދަ ހިދުމަތްތައް ލިބެއެވެ.

އެ ހޮސްޕިޓަލްތަކުގެ ތެރޭގައި އާސިރީ އާއި ނަވަލޯކާގެ އިތުރުން ނައިންވެލްސް އަދި ޔޫނިއަން ހޮސްޕިޓަލް ހިމެނެއެވެ.

އެވްރިތިންގ ރެޑުން ނިންމާފައިވަނީ ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށްވެސް އެހިދުމަތް ދިނުމަށެވެ.