10 Oct 2016, 14:28
ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ އެއް މިލިއަން ޑޮލަރު ގަތުމަށް 17 މިލިއަން ރުފިޔާ ދޫކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.
ެފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ނިމާލް ހުންނެވިއިރު ހިނގި އެކަންތަކާ ގުޅިގެން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ، އެކަން ހިނގާފައިވާގޮތް ބަލަމުން އަންނަ ކަމަށެވެ.
ތަހުގީގުގެ ކުރީކޮޅުގައި އުޅޭތީ ތަފްސީލެއް ހާމައެއް ނުކުރެއެވެ.
ފެނަކައިގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، އެ ފައިސާތައް ގެއްލުމާ ގުޅިގެން ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް ކުންފުނީގެ އެތެރޭގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ފައިސާ ދޫކޮށްފައިވަނ،ީ ބޯޑުން ޑޮލަރު ދޫކުރަން ނިންމާފައިވާ ގޮތާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަން ފެނަކަ ތެރެއިން ކުރިއަށް ގެންގޮސްފައިވަނީ ބޯޑުން ނިންމާފައިވާ އުސޫލާ އެއް ގޮތަށް. އަޅުގަނޑުމެންގެ ލިޔެކިއުމުން ބޯޑުން ޑޮލަރު ގަތުމަށް ކަނޑައަޅާފަ އޮތް އުސޫލާ އެއްގޮތަށް ގެންގޮސްފަ އޮތް ކަމަށް ލިޔެކިއުމުން ފާހަގަކުރެވެން އޮތީ،" ޝަރީފް ވިދާޅުވިއެވެ.
ފެނަކައިން އެ ފައިސާ ދޫކޮށްފައިވަނީ އެ ކުންފުންޏަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ޚިދުމަތްދޭ ކުންފުންޏެއް މެދުވެރިކޮށް ގަތުމަށެވެ.